ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ޚިދުމަތަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން

14 އޭޕްރިލް 2013 ވާ އާދީއްތަ ދުވަހުން ފެށިގެން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ޚިދުމަތަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަންތައް، އެ އެޕްލިކޭޝަނެއް ހުށަހަޅުއްވާ ތާރީޚުން ފެށިގެން 3 ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ) ޕްރޮސެސްކޮށް ނިންމާގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

 އަދި ދަންނަވަމެވެ. 11 އޭޕްރިލް 2013 ގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ހުށަހަޅުއްވާފައިވާ ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލް އެޕްލިކޭޝަންތައް ޕްރޮސެސްކުރުމުގެ މަސައްކަތްތައް، 14 އޭޕްރިލް 2013 ވާ އާދީއްތަ ދުވަހުން ފެށިގެން 3 ހަފުތާގެ ތެރޭގައި ނިންމުމަށްޓަކައި އެކަމަށް ޚާއްޞަ ކުރެވިފައިވާ ސަރުކާރުގެ 25 ބޭފުޅުންގެ ޓީމަކުން ކުރައްވަމުން ގެންދާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލް އާގުޅޭ ޚިދުމަތްތަކަކީ އޮންލައިންކޮށް ދެވޭ ޚިދުމަތްތަކެއް ކަމަށްވާތީ، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ހުށަހަޅުއްވާފައިވާ ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލް އެޕްލިކޭޝަނެއް އެއްވެސް ސަބަބަކާ ހުރެ އަވަސްކުރުމަށް ބޭނުންވާނަމަ، އެ އެޕްލިކޭޝަނެއް އަވަސްކުރުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނާ އުޞޫލުން ކަމުގައި ދެންނެވީމެވެ.

1- އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ހުށަހަޅުއްވާފައިވާ ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލް އެޕްލިކޭޝަނެއް އެއްވެސް ސަބަބަކާ ހުރެ އަވަސްކުރުމަށް ބޭނުންވާނަމަ، ވަޒީފާ ދޭ ފަރާތުން ނުވަތަ ވަޒީފާ ދޭ ފަރާތުން އެ މަސައްކަތް ހަވާލުކުރައްވާފައިވާ ފަރާތަކުން އެ އެޕްލިކޭޝަނެއްގެ ރިފަރަންސް ނަންބަރާއި އެ އެޕްލިކޭޝަނެއް އެންމެ ފަހުން ހުށަހެޅުއްވި ތާރީޚު އަދި އެ އެޕްލިކޭޝަނެއް އަވަސްކުރެއްވުމަށް ބޭނުންވާ ސަބަބު ބަޔާންކޮށް [email protected] އަށް ކޮޕީ ކުރައްވައި[email protected]  އަށް އީމެއިލް ކުރެއްވުމުން، އެ ސަބަބުތަކަށް ބެލުމަށްފަހު، އީމެއިލް ކުރައްވާ ތާރީޚުން ފެށިގެން 4 ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ) އެ އެޕްލިކޭޝަނެއް ޕްރޮސެސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

15 އޭޕްރިލް 2013
ހޯދާ