މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޝަޢުޤުވެރިކަން (އީ.އޯ.އައި) ހުށަހެޅުމަށް ދެވޭ ދަޢުވަތު - ޕްރިމިއަމް ޓެކްސީ ސަރވިސް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން މާލެއާއި ހުޅުމާލެގައި އިލެކްޓްރިކް ނުވަތަ ހައިބްރިޑް "ޕްރިމިއަމް ޓެކްސީ" ގެ ޚިދުމަތް ދިނުމަށްޓަކައި މާލީ އަދި ފަންނީ ޤާބިލުކަން ހުރި ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރުމަށް މި ދަޢުވަތް އަރުވަމެވެ.

މި މަސައްކަތައް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 2017 ފެބްރުއަރީ 09 ވާ ބުރާސްފަތި ދުވަހުގެ 13:30  މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ވެލާނާގެ 11 ވަނަ ފަންގިފިލާގައިވާ އޮފީހުގައި ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ދަޢުވަތު އަރުވަމެވެ. މިމަސައްކަތައް އީ.އޯ.އައި ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގައި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

މި މަސައްކަތަށް ޝައުގުވެރިކަން ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ތިރީގައި ބަޔާންކުރެވިފައިވާ ފަދައިން ލިޔުމަށްފަހު، 2017 ފެބްރުއަރީ 26 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.

EOI for the provision of electric or hybrid “Premium Taxi” services in Male’ and Hulhumale'

Address:

Ministry of economic development

Boduthakurufaanu Magu, Male’ 20125

Republic of Maldives

Phone: +960 3306696

Fax: +960 3323840

Email: tn@trade,gov.mv

 

މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ހޮވުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ލިބިގެންވެއެވެ. މިގޮތުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތަށެވެ.

 

އީ.އޯ.އައި ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އީ.އޯ.އައި ބަލައެއް ނުގަނެވޭނެއެވެ.

01 ފެބުރުވަރީ 2017
ހޯދާ