މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސަރކިއުލާ - ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް ގައި ކާރގޯ އެކްސްރޭ ސްކްރީނިން އަށް ނެގޭ އަގު

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް     
ވެލާނާ އިންޓަނޭޝަނަލް އްއަރޕޯޓް
ހުޅުލެ، 22000
ދިވެހިރާއްޖެ
 
ނަންބަރު: J2-CIR/2017/7
30 ޖަނަވަރީ 2017

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް ގައި ކާރގޯ އެކްސްރޭ ސްކްރީނިން އަށް ނެގޭ އަގު

"އެކްސްރޭ ސްކްރީނިން" އަށް ނެގޭ އަގަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ކަސްޓަމަރުން ރާއްޖެއިން ބޭރަށް އެކްސްޕޯރޓް ކުރާ މުދާ ކާގޯ އެކްސްރޭއިން ސްކްރީން ކުރުމަށް ނެގޭ އަގެކެވެ.  

މި ސަރކިއުލާއަށް އަމަލު ކުރަން ފެށުމާއެކު ސަރކިއުލާ ނަމްބަރު: MACL-CGO/CIR/2014/06 (ތާރީޚް:ސެޕްޓެމްބަރ 30، 2014) ބަޔާންކުރެވިފައިވާ ސްކްރީނިން ޗާރޖެސް އަދި މީގެކުރިން ސްކްރީން ކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލު ކުރަމުން ގެންދިޔަ އަގުތަކާއި ޝަރުތުތަކާއި ހުށަހެޅުންތައް ބާތިލްވީއެވެ.  

މި ސަރކިއުލާގައިވާ ގޮތުގެ މަތިން އަމަލު ކުރަން ފަށާ، އެކްސްރޭ ސްކްރީނިންގެެ ޚިދުމަތާއި އަގުތަކަށް ބަދަލު ގެނެވުނުކަން އައު ސަރކިއުލާއަކުން އަންގާ ތާރީޚެއްގެ ނިޔަލަށް އަމަލު ކުރަމުންގެންދާނީ ތިރީގައި މި ދަންނަވާ ގޮތުގެ މަތީންނެވެ.

 

ބާވަތް

އަމަލު ކުރަން ފަށާ ތާރީޚް

01 މާރިޗު 2017

 އެކްސްރޭ ސްކްރީނިން ޗާރޖެސް ކިލޯ އަކަށް

 0.15 ރ

 މަދުވެގެން ނެގޭ ޗާރޖް (400 ކިލޯ އާއި ހަމައަށް)

 60.00 ރ

 

  1. މިސަރކިއުލާގައި  އަގުތައް ބަޔާންކުރެވިފައިވަނީ ދިވެހި ރުފިޔާއިންނެވެ. އަދި އަގުގެ އިތުރުން %6 ޖީ.އެސް.ޓީ ޗާޖުކުރެވޭނެއެވެ.

  2. މިޚިދުމަތް ފޯރުކޮށްދެވޭނީ ކަސްޓަމަރުން ފައިސާ ދެއްކުމުންނެވެ.

 

ސަފްހާ 1 ގެ 1

30 ޖަނަވަރީ 2017

30 ޖަނަވަރީ 2017
ހޯދާ