މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަނަރޭޓަރެއް ސިޓީލާ ނީލަމުގައި ވިއްކާލުމަށް

މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޕާރކިންސް 25 ކިލޯވޯޓްގެ ޖަނަރޭޓަރެއް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ގަސްދުކޮށްފީމެވެ.

ވީމާ، ނީލަމުގައި މި ޖަނެރޭޓަރ ބައްލައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން 30 އޭޕްރީލް 2013 ވަނަ ދުވަހުން ފެށިގެން ބައްލަވައިގަންނަވަން ބޭނުންފުޅުވާ އަގު ބަޔާން ކުރައްވައި ސިޓީއަކުން ގާފަރު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަގު ބަޔާން ކުރައްވައި މިކައުންސިލަށް ފޮނުއްވާ ސިޓީއާއި ފެކްސް އަދި މެއިލްވެސް ގަބޫލު ކުރެވޭނެއެވެ. މިޖަނެރޭޓަރގެ ނީލަން ފެށޭ އަގަކީ -/50،000 (ފަންސާސްހާސް) ރުފިޔާއެވެ. އަދި ހުށައެޅިފައިވާ އަގަށް މަދުވެގެން އިތުރު ކުރެވޭނީ -/3،000 (ތިންހާސް) ރުފިޔާއެވެ. ހުށައެޅިފައިވާ އެންމެމަތީ އަގު މިކައުންސިލްގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. އަދި މިޖަނެރޭޓަރާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ ހުށަހެޅިފައިވާ އެންމެމަތީ އަގު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަމްބަރު 6641941 ފޯންާ ގުޅުއްވުން އެދެމެވެ.

މިނީލަމުގެ އަގު އެކަށީގެންވާ އަގަށް އެރުމަށްފަހު ޖެހިޖެހިގެން 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެންމެ މަތީ އަގެއް ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

  • ފޯނު ނަމްބަރު:   6641941
  • ފެކްސް ނަމްބަރު: 6641941
  • މެއިލް: [email protected]

05 ޖުމާދުލްއާޚިރާ 1434

15 އޭޕްރިލް 2013
ހޯދާ