ފައިނު ސްކޫލް
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

ތިރީގައި މިދަންނަވާ މި ސްކޫލުގެ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި GS129/2016/022 ނަންބަރު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

1- ހޯލް އިމާރާތުގެ ކަރަންޓްވިއުގަ މަރާމާތުކުރުން.

2- ދަރިވަރުންގެ 2 ފާޚާނާ މަރާމާތުކުރުން.

3- ސްކޫލުގެ ދެކުނުގޯތީގައި ފެންހޮޅި އެޅުން.

4- ވައިޓްބޯޑު ހެދުން.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ މެންދުރުފަހުގެ  1:00ގައި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 18 ވާ އާދީއްތަދުވަހުގެ މެންދުރުފަހުގެ 1:00 ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް، ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6580358 ފޯނާ ގުޅުއްވުން އެދެމެވެ.

5 ރަބީޢުލްއައްވަލް 1438

04 ޑިސެންބަރު 2016
ހޯދާ