ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
ދިވެހިރާއްޖެ
މި ފެކަލްޓީގެ ބަދިގެތަކަށް ގުޅާފައިވާ އެގްޒޯސްޓް ސިސްޓަމެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި ފެކަލްޓީގެ ބަދިގެތަކަށް ގުޅާފައިވާ އެގްޒޯސްޓް ސިސްޓަމެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

މި ފެކަލްޓީގެ ބަދިގެތަކަށް ގުޅާފައިވާ އެގްޒޯސްޓް ސިސްޓަމެއްގެ ފަންކާތައް ނެއްޓި ހަލާކުވެފައިވާތީ، އެ ސިސްޓަމް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ފެކަލްޓީގެ ނަންބަރު: 153-FHTS-2016-18 އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކުން 2016 ޑިސެންބަރު 13 ވަނަ ދުވަހުގެ 11:00 އަށް ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (ޔުނިވަރސިޓީގެ ދަނާލު ކުރިމަތި) ގެ ސެމިނަރ ހޯލް (ދެވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 25 ވަނަ ދުވަހުގެ 11:00 އަށް މި ފެކަލްޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

02 ރަބީޢުލްއައްވަލް 1438

01 ޑިސެންބަރު 2016
ހޯދާ