ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
ދިވެހިރާއްޖެ
ފެކަލްޓީއަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ފެކަލްޓީއަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި ފެކަލްޓީގެ ދަރިވަރުންގެ ޕްރެކްޓިކަލް ކްލާސްތަކަށް ބޭނުންވާ ބައެއް ތަކެތި (ބެޑްޝީޓް، ބާލީސް، ކޮޓަރި ސާފުކުރުމަށް ބޭނުންވާ ވެކިއުމް ކްލީނަރ، ފިހިގަނޑު، މޮޕް، އަދި މިފަދަ ތަކެތި) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 7 ވަނަ ދުވަހުގެ 11:00 އަށް ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (ޔުނިވަރސިޓީ ދަނާލް ކުރިމަތި) ގެ ސެމިނަރ ހޯލް (ދެވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 14 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމުގެ ސެޝަނުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

27 ޞަފަރު 1437

27 ނޮވެންބަރު 2016
ހޯދާ