ދިވެހިރާއްޖެ
އިޢުލާން
36 ވަނަ މަސްވެރިންގެ ދުވަސް، ޑިސެންބަރު 7 ން 9 އަށް ފާހަގަކުރުމަށްޓަކައި، ގއ.ގެމަނަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާގެ ސްޓޭޖް ޝޯގެ ލައިޓިންގއާއި، ސައުންޑާއި، ވީޑިއޯ ކްލިޕްސްއާއި، ލިޔުން ޕްރޮޖެކްޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)30-C/30/2016/94 އިޢުލާނާ ގުޅިގެން ލިބުނު އަގުތައް ބޮޑުކަމަށް ފެންނާތީ، މި އިޢުލާން ބާޠިލުކޮށް މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 27 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 28 ވާ ހޯމަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ނުދުރުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި 3339239 ،3339211 ، 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.