ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
ދިވެހިރާއްޖެ
ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި ފެކަލްޓީގައި ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދުން

މި ފެކަލްޓީގެ ބައެއް ތަންތާނގައި ވާރޓިކަލް ބްލައިންޑްސް އާއި ރޯލާ ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކުން 2016 ނޮވެންބަރު 17 ވަނަދުވަހުގެ 11:00 އަށް ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (ޔުނިވަރސިޓީ ދަނާލުގެ ކުރިމަތި) ގެ ސެމިނަރހޯލް (ދެވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 24 ވަނަ ދުވަހުގެ 11:00 އަށް މިފެކަލްޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

8 ޞަފަރު 1438

08 ނޮވެންބަރު 2016
ހޯދާ