އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި އިދާރާގެ ނަންބަރު: A-510/2016/352 (5/10/2016) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1. އދ.ދަނގެތީ ވަށައިގެންވާ މޫދުގެ ހުއިގަނޑު ނެގުމާއި، ގިރާސަރަޙައްދުގައި ތޮށިގަނޑު ޖެހުމާއި، އަދި ރަށުފަޅުގެ ދެކުނުގައި ފިނޮޅެއް ހިއްކުމަށްޓަކައި ހަދަންޖެހޭ އިމްޕެކްޓް އެސެސްމަންޓަށް ބޭނުންވާ އެންވަޔަރަންމަންޓަލް ކޮންސަލްޓެންސީއާއި ރިޕޯޓު ތައްޔާރުކުރުން.

2. އދ.ދަނގެތީ ބަނދަރު ހެދުމުގެ މަޝްރޫޢާ ގުޅިގެން ހިއްކާފައިވާ ސަރަޙައްދު ލޭންޑްޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ސާވޭކުރުމާއި، އިން ވަކިކޮށް ކުރަހައިދިނުން. (މީގެތެރޭގައި އެ ސަރަޙައްދުގައި ހަދާ ތަންތަނުގެ އާކިޓެކްޗަރަލްއާއި ސްޓަރަކްޗަރަލް ޑިޒައިން ކުރުން ހިމެނެއެވެ.) އަދި މުޅިރަށުގެ ޗާޓެއް ކުރަހައިދޭނެ ފަރާތެއް ހޯދުން.

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ސެޝަނެއް 2016 ނޮވެންބަރު 6 ވަނަ ދުވަހުގެ 11:30 ގައި މި އިދާރާގައި އޮންނާނެކަމުގައި ދަންނަވަމެވެ.

މި މަސައްކަތާބެހޭ އަންދާސީހިސާބު 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25 މުޙައްރަމް 1438 

26 އޮކްޓޫބަރު 2016
ހޯދާ