އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ހަނދާނީފިލާ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހަނދާނީ ފިލާ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުން 2016 ވަނަ އަހަރު ގްރެޖުއޭޓުވާ ދަރިވަރުންނަށް ދޭ ހަނދާނީ ފިލާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ 11:00 އަށް

2016 ނޮވެންބަރު 2 ވާ ބުދަދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3325762, 331346 ނަންބަރު ފޯނާއެވެ.

25 މުޙައްރަމް 1438

26 އޮކްޓޫބަރު 2016
ހޯދާ