ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
ދިވެހިރާއްޖެ
ފެކަލްޓީއަށް ބޭނުންވާ ބުފޭއާއި، އެކޮމްޕެނިމެންޓްސް ސަޕްލައިކުރާނެ ފަރާތްތަކެއް ހޯދުން

އިޢުލާން

ފެކަލްޓީއަށް ބޭނުންވާ ބުފޭއާއި، އެކޮމްޕެނިމެންޓްސް ސަޕްލައި ކުރާނެ ފަރާތްތަކެއް ހޯދުން

މި ފެކަލްޓީއަށް ބުފޭއާއި، އެކޮމްޕެނިމެންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ފެކަލްޓީގެ އިޢުލާން ނަންބަރު: 153-FHTS-2016-08 އާ ގުޅިގެން އެދެވޭ މިންވަރަށް އަންދާސީހިސާބު ހުށަހަޅައިފާ ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކުން 2016 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 11:00 އަށް ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (ޔުނިވަރސިޓީގެ ދަނާލު ކުރިމަތި) ގެ ސެމިނަރ ހޯލް (ދެވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 10 ވަނަ ދުވަހުގެ 11:00 އަށް މި ފެކަލްޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

17 މުޙައްރަމް 1438

18 އޮކްޓޫބަރު 2016
ހޯދާ