އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއިން ޝަކުވާ ބަލައިގަންނަ ވަގުތު އިތުރުކުރުމާ ބެހޭ

"ރިޔާސީއިންތިޚާބު 2013" އާ ގުޅޭގޮތުން ހުށަހެޅޭޝަކުވާތައް ބަލައިގަތުމަށްޓަކައި އުފައްދާފައިވާ "ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ" އިން ޝަކުވާ ބަލައިގަންނަ ވަގުތު މިހާރު ވަނީ އިތުރުކުރެވިފައެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން ޝަކުވާ ބަލައިގަންނާނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ހަވީރު 04:00 އަށް، އަދި ރޭގަނޑު 08:00 އިން 10:00 އަށެވެ. ހުކުރުދުވަހު ޝަކުވާ ބަލައިގަންނާނީ މެންދުރުފަހު 2:30 އިން 05:00 އަށް، އަދި ރޭގަނޑު 08:00 އިން 10:00 އަށެވެ. 

ޤައުމީ ކޮމްޕްލައިންޓްސް ބިއުރޯއަށް ގުޅޭނެ ނަންބަރުތަކަކީ 3004489، 3004492، 9901051 އަދި 7986942 އެވެ. ކޮމްޕްލެއިންޓްސް ބިއުރޯގެ ފެކްސް ނަންބަރުތަކަކީ 3004495 އަދި 3004497 އެވެ. މިބިއުރޯގެ އީމެއިލް އެޑްރެހަކީ [email protected] އެވެ. ވީމާ، އީމެއިލް އަދި ފެކްސް މެދުވެރިކޮށް ފޮނުވޭޝަކުވާތައްވެސް ބަލައިގަނެވޭނެ ވާހަކަދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

27 ޝައްވާލު   1434

03 ސެޕްޓެންބަރު 2013
ހޯދާ