ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބީޗު ވޮލީބޯލް ކޮމިޝަނުގެ މެންބަރުން އިންތިޚާބު ކުރުމާގުޅޭ

އިޢުލާން

ބީޗު ވޮލީބޯލް ކޮމިޝަންގެ މެންބަރުން އިންތިޚާބު ކުރުމާގުޅޭ

ބީޗު ވޮލީބޯލް ކޮމިޝަނަށް 2 މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ޖަލްސާ 2016 އޮކްޓޫބަރު 24 ވާ ހޯމަދުވަހުގެ ރޭ 21:00 ގައި ވޮލީބޯލް އެސޯސިއޭޝަނުގައި އޮންނާނެއެވެ.

ވީމާ، ބީޗު ވޮލީބޯލް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކާއި ވޯޓުގައި ބައިވެރިވާ ކްލަބުތަކުން (ފުރިހަމަ މެންބަރު ކްލަބްތައް) 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އެސޯސިއޭޝަނަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ކުރިމަތިލައްވަން ހުށަހަޅާ ފޯމު މި އެސޯސިއޭޝަނުން ލިބެން ހުންނާނެއެވެ. މަތީގައި ދެންނެވިފައިވާ ތާރީޚަށްފަހު ހުށަހެޅޭ އެއްވެސް ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

08 މުޙައްރަމް 1438 

09 އޮކްޓޫބަރު 2016
ހޯދާ