މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަނަރޭޓަރެއް ގަތުމަށް

އިޢުލާން

މި ކައުންސިލުން ބަލަހައްޓަމުންދާ ރައްޔިތުންގެ އިންޖީނުގެއަށް 600kw ގެ ކަމިންސް ޖަނަރޭޓަރެއް ގަތުމަށް:

މި ކައުންސިލުން ބަލަހައްޓަމުންދާ ރައްޔިތުންގެ އިންޖީނުގެއަށް 600kw ގެ ކަމިންސް ޖަނަރޭޓަރެއް ގަތުމަށް ބޭނުންވެއްޖެއެވެ.

ވީމާ، ސުރުޚީގައި ދެންނެވިފައިވާ 600kw ގެ ޖަނަރޭޓަރު މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ގެނެސްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 2016 އޮކްޓޫބަރު 19 ވާ ބުދަދުވަހުގެ 11:30 އަށް މި އިދާރާއަށެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ރ. އުނގޫފާރު ކައުންސިލުގެ އިދާރާގައި 2016 އޮކްޓޫބަރު 26 ވާ ބުދަދުވަހުގެ 11:30 ގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ، ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވިކަން އެނގޭނޭ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުއްވާނަމަ، އެއީ ކޮންކުންފުންޏެއް ތަމްސީލުކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދި ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުންނަމަ، އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ޕްރޮޕޯޒަލް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "އުނގޫފާރު ކައުންސިލުން ހިންގަމުންދާ އިންޖީނުގެއަށް ބޭނުންވާ 600kw ގެ ކަމިންސް ޖަނަރޭޓަރު ގެނެސްދިނުމަށް އެދި ހުށަހަޅާ އަންދާސީހިސާބު" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން، ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނު ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6580118 ފޯނާ ގުޅުއްވުން އެދެމެވެ.

ތިރީގައި މިވަނީ މި މަސައްކަތަށް މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.

ހުށަހަޅާ އަގަށް: % 80

މުއްދަތަށް: % 10

މާލީތަނަވަސްކަމަށް: % 10

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

9 މުޙައްރަމް 1438

10 އޮކްޓޫބަރު 2016
ހޯދާ