ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެމިއުސްމެންޓް ޓޯއީސްގެނެސްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ތަކަންދޫގައި ހަދާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ "އެމިއުސްމެންޓް ޓޯއީސް" ގެނެސްދޭނެ ފަރާތެއް ހޯދުން

ތަކަންދޫގައި ހަދާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ "އެމިއުސްމެންޓް ޓޯއީސް" ގެނެސްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާނަށް ހުށަހެޅިފައިވާ އަންދާސީހިސާބުތައް ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 11:15 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 11:15 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަނާޅާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރާތަކުން ވިޔަސް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވާ މީހެއްކަން އެނގޭނެ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

12 މުޙައްރަމް 1438

13 އޮކްޓޫބަރު 2016
ހޯދާ