މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަގަނޑު ޕްރީ ފެބްރިކޭޓެޑް ގެ އެޅުމަށް

އިޢުލާން

އުނގޫފާރު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޕްރީ ފެބްރިކޭޓެޑް އިމާރާތް އުފައްދާ ކުންފުނީގެ ރާއްޖޭގެ ލޯކަލް އެޖެންޓް ކަމުގައިވާ ޝިމާއީ މޯލްޑިވްސް އާ ގުޅިގެން އުނގޫފާރުގައި ގެދޮރު އިމާރާތްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިކަމަކީ، މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް، ބޭންކް ނުވަތަ އެނޫންވެސް ފައިނޭންސް ހަމަޖައްސައިދޭ ފަރާތެއް މެދުވެރިކޮށް، ދިގު މުއްދަތުން ފައިސާ ދައްކައި ޚަލާޞްކުރާގޮތަށް ކުރެވިދާނެ ކަމެކެވެ.

ވީމާ، ދަގަނޑު ޕްރީ ފެބްރިކޭޓެޑް ގެ އެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ކައުންސިލުން ދޫކުރާ ނަމޫނާއާ އެއްގޮތަށް، 2016 އޮކްޓޫބަރު 20 ބުރާސްފަތިދުވަހުގެ 13:30 ގެ ކުރިން މި ކައުންސިލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.   

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ 6580118 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންނު ކުރީމެވެ.

8 މުޙައްރަމް 1438

09 އޮކްޓޫބަރު 2016
ހޯދާ