މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަރކް ސްޓޭޝަން ގަތުމަށް

އިޢުލާން

މި ކައުންސިލަށް 8 މީހުންގެ ޖާގައިގެ ވަރކް ސްޓޭޝަން ގަތުމަށް ބޭނުންވެއްޖެއެވެ.

މި ކައުންސިލްގެ ނަންބަރު:(IUL) 303-AS/303/2016/64 (6 ސެޕްޓެންބަރު 2016) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ، ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވިކަން އެނގޭނޭ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުއްވާނަމަ، އެއީ ކޮންކުންފުންޏެއް ތަމްސީލުކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދި ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުންނަމަ، އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ޕްރޮޕޯޒަލް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "އުނގޫފާރު ކައުންސިލަށް ބޭނުންވާ ވަރކް ސްޓޭޝަންގެ ޕްރޮޕޯޒަލް" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން، ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނު ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6580118 ފޯނާ ގުޅުއްވުން އެދެމެވެ.

ތިރީގައިމިވަނީ މި މަސައްކަތަށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

ހުށަހަޅާ އަގަށް % 80

މުއްދަތަށް % 10

މާލީތަނަވަސް ކަމަށް % 10

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

23 ޛުލްޙިއްޖާ 1437

25 ސެޕްޓެންބަރު 2016
ހޯދާ