މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ އުފުލާ ބައުޒަރެއް ގަތުމަށް

އިޢުލާން

މި ކައުންސިލަށް 2 ޓަނުގެ ތެޔޮ ބައުޒަރެއް ގަތުމަށް ބޭނުންވެއްޖެއެވެ.

މި ކައުންސިލަށް 2 ޓަނުގެ ތެޔޮ އުފުލާ ބައުޒަރެއް ގަތުމަށް ބޭނުންވެއްޖެއެވެ.

ވީމާ، ސުރުޚީގައި ދެންނެވިފައިވާ 2 ޓަނުގެ ތެޔޮ އުފުލާ ބައުޒަރު ތެޔޮ ދޫކުރާ ޕަންޕާއި ހޮޅިއާއެކު މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ގެނެސްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ 2016 ސެޕްޓެންބަރު 20 ވާ އަންގާރަ ދުވަހުގެ 11:30 އަށް މި އިދާރާއަށެވެ. ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ ރ. އުނގޫފާރު ކައުންސިލުގެ އިދާރާގައި 2016 ސެޕްޓެންބަރު 27 ވާ އަންގާރަދުވަހުގެ 11:30 ގައެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވިކަން އެނގޭނެ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުއްވާނަމަ، އެއީ ކޮންކުންފުންޏެއް ތަމްސީލުކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދި ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުންނަމަ، އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ޕްރޮޕޯޒަލް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "އުނގޫފާރު ކައުންސިލަށް ބޭނުންވާ 2 ޓަނުގެ ތެޔޮ ބައުޒަރު ޕްރޮޕޯޒަލް" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯނު ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6580118 ފޯނާ ގުޅުއްވުން އެދެމެވެ.

ތިރީގައި މިވަނީ މި މަސައްކަތުގައި މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.

ހުށަހަޅާ އަގަށް: %80

އުޅަނދުގެ އާ ބާ މިނަށް: % 10

މާލީ ތަނަވަސްކަމަށް:   % 10

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

3 ޛުލްޙިއްޖާ 1437    

05 ސެޕްޓެންބަރު 2016
ހޯދާ