ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަގުތީ އެޓެންޑެންޓް

މި ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

ވަގުތީ އެޓެންޑެންޓް (1 އަހަރުދުވަހުގެ މުއްދަތަށް)

ބޭނުންވާ އަދަދު

2

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: އެސް.އެސް 2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން/ ސެކްޝަން

ނާރސިން ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ތ. އަތޮޅު ހޮސްޕިޓަލް، ތ.ވޭމަންޑޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 1. ހޮސްޕިޓަލުގެ އިމާރާތާއި ގޯތިތެރެ އަދި ވަށައިގެން ހިމެނޭ ސަރަޙައްދު (މަގުތައް) ކުނިކަހައި ފޮޅައި ސާފުކުރުން.
 2. ހޮސްޕިޓަލުގެ އެންމެހައި ފަރުނީޗަރާއި، ހިފައިގެންގުޅޭ ތަކެއްޗާއި، މެޑިކަލް އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުސޫލުން ސާފުކުރުން.
 3. ހޮސްޕިޓަލުގައި ދުވަހުން ދުވަހަށް ބޭނުންކުރާ ބެޑްޝީޓާއި، ބާލީހާއި، ބާލީސްއުރަ އަދި ގައުން ފަދަ ތަކެތި ސާފުކޮށް ދޮވެ ހިއްކައި އިސްތިރިކޮށް، ރައްކާތެރިކަމާއެކު ބެހެއްޓުން.
 4. ދުވަހުން ދުވަހަށް ހޮސްލިޓަލް ކުނިކަހައި ފޮޅައި ސާފުކޮށް މޮޕްލުމާއި، ކުއްލިއަކަށް ދިމާވާ ކަންކަމާ ގުޅިގެން ހަޑިވާ ހަޑިވުން ވަގުތުން ވަގުތަށް ސާފުކުރުން.
 5. ހޮސްޕިޓަލުގައި ދޮވެ އިސްތިރިކުރުމަށް ބޭނުންކުރާ މެޝިންތައް ސާފުކޮށް ބެލެހެއްޓުމާއި، މެޝިނަކަށް އެއްވެސް ކަހަލަ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތަށް އެކަން އެންގުން.
 6. ހޮސްޕިޓަލުގެ ލެބޯޓްރީގައި ބޭނުންކުރާ އެންމެހައި އިންސްޓްރޫމެންޓްސް އަދި އިކްއިޕްމަންޓްސް ދޮވެ ސާފުކުރުން.

ތަޢުލީމާއި ތަޖުރިބާ

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- މަޤާމަށް ބޭނުންވާނޭ ތަމްރީނެއް ނުވަތަ ލައިސަންސެއް ނުވަތަ ހުއްދައެއް ނުވަތަ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3- ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

 1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
 3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

 1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 2. މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100ރ ގެ ރޭޓުން ރިސްކް އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް

 1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު - ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
 2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
 5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހުގެ 12:00ގެ ކުރިން މި ހޮސްޕިޓަލަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގައި، ތ.އަތޮޅު ހޮސްޕިޓަލުގައި

އިތުރު މަޢުލޫމާތު

މި މަޤާމަށް ހޮވޭ މުވައްޒަފުންނަކީ، މި ހޮސްޕިޓަލުން ކަނޑައަޅާ ވަގުތުތަކެއްގައި، ދަންފަޅި އުސޫލުން މަސައްކަތް ކުރަންޖެހޭ މުވައްޒަފުންކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6780057 އެވެ.

29 އޮގަސްޓް 2016
ހޯދާ