އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަސައްކަތް ކުރަންޖެހޭ ތަން:

މާލެ

މަޤާމުގެ ޝަރުޠު:

  • މެނޭޖްމަންޓް، ހިއުމަން ރިސޯސް ނުވަތަ އެޑްމިނިސްޓްރޭޝަނުގެ ދާއިރާއިން ޑިޕްލޮމާ ކޯސް ފުރިހަމަ ކޮށްފައިވުން. އަދި/ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (މެނޭޖްމަންޓް، ހިއުމަން ރިސޯސް ނުވަތަ އެޑްމިނިސްޓްރޭޝަން) މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ފަރިތަކަމާއެކު ރަނގަޅު ފެންވަރެއްގައި އިނގިރޭސިން މުޢާމަލާތު ކުރަން އެނގުން.
  • ކޮމްޕިއުޓިންގ ކޯހެއް ހަދާފައިވުން. އަދި މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން ރަނގަޅަށް އެނގުން. (ޚާއްޞަކޮށް މައިކްރޯސޮފްޓް ވާރޑް އަދި އެކްސެލް).
  • މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.
  • ހަވާލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ބަރާބަރަށް ނިންމޭފަދަ ހީވާގި މުރާލި މީހަކަށްވުން.

އާންމުކޮށް ކުރަންޖެހޭ މަސައްކަތް:

  • އޮފީހުގެ ޖެނެރަލް އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުމާއި، އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުން ތައްޔާރުކުރުމާއި، އޮފީހުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. އަދި އަހަރީރިޕޯޓު ތައްޔާރުކުރުމުގައި ސެކްޝަނުގެ އިސް މުވައްޒަފުގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރުން.
  • އޮފީހަށް އަންނަ ސިޓީއާއި ތަކެތި ބަލައިގަނެ އެންޓްރީ ކުރުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވޭތޯ ބެލުމާއި، އެކަންކަމުގައި އެހީތެރިވެދިނުމާއެކު، އެ މަސައްކަތްތައް އިސްވެ ރާވައި ހިންގުން. އެޑްމިން އަށް އަންނަ މައްސަލަތައް ބަލައި ޙައްލުކުރުން.
  • އޮފީހުގެ އެންމެހައި އިދާރީ މަސައްކަތްތަކާއި، އެއާ ގުޅުންހުރި މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.
  • ޕޮލިސްރިޕޯޓު.
  • ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
  • ޑްރައިވިންގ ލައިސެންސްކާޑުގެ މުއްދަތު ހަމަނުވާ ކޮޕީ.

ސުންގަޑި:

2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 16:00 ގެ ކުރިން.

އިންޓަރވިއު:

އިންޓަރވިއުއަށް ކިޔާނީ، މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ލިޔުންތައް ހުށަހަޅަންޖެހޭ އެޑްރެސް:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް

ހ.ގަދަމޫ ބިލްޑިންގ/ 2 ވަނަ ފަންގިފިލާ

މާލެ

ފޯނު: 6898010 / 3017070

އީމެއިލް: [email protected]

27 ޛުލްޤަޢިދާ 1437

30 އޮގަސްޓް 2016
ހޯދާ