ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:            ފައިނޭންސް އޮފިސަރ

މަޤާމްގެ ބާވަތް:       ދާއިމީ

ޢަދަދު:            01

މުސާރަ:           މަހަކު  -/6295 ރުފިޔާ

ޢިނާޔަތް:          

ސަރވިސް އެލަވަންސް:   މަހަކު  -/2000 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް: މުސާރައިގެ %45

މަޤާމުގެ މަސްއޫލިއްޔަތު: ޓްރައިބިއުނަލްގެ ފައިސާއާބެހޭ އެންމެހައި މަސައްކަތްކުރުމާއި ފައިސާއާބެހޭ ލިޔެކިތުންތަކުގެ ރެކޯޑްސް ބެލެހެއްޓުން. އަދި ޓްރައިބިއުނަލްގެ މަސައްކަތްތަކާ ގުޅިގެން ދޭންޖެހޭ އިދާރީ ސަޕޯޓު ދިނުން.

ފެންވަރު ނުވަތަ ޝަރުޠު:

1. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސްލިބިފައިވުން، ނުވަތަ

2. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 5 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، މަސައްކަތުގެ ދާއިރާގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މީގެ އިތުރުން މި މަޤާމަށް މީހަކު ނެގުމުގައި ދައުލަތުގެ ޕަބްލިކް އެކައުންޓް ސިސްޓަމަށް އަހުލުވެރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަސައްކަތްކުރަންޖެހޭ ތަން: 

މި މަޤާމަށް ހޮވޭ ފަރާތުން މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.  

ވީމާ، މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 18 ސެޕްޓެންބަރު 2016 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު (ގ.ފަތުރުވެހި 3 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސެޓްފިކެޓް ލެވެލް 1 އިންފެށިގެން މަތީގެ ސެޓްފިކެޓްތައް ހުންނަންވާނީ އެކްރެޑިޓް ކުރެވިފައެވެ.

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އޮންނާނީ 2016 ސެޕްޓެންބަރު 19 އާއި 29 އާ ދެމެދު ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

27 ޛުލްޤަޢިދާ 1437

30 އޮގަސްޓް 2016
ހޯދާ