އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
އޯލެވެލް ޕޭޕަރތައް އުފުލައިދޭނެ ޓެކްސީއެއް ހޯދުމަށް

އިޢުލާން

އޯލެލެލް ޕޭޕަރތައް އުފުލައިދޭނެ ޓެކްސީއެއް ހޯދުމަށް

މި އަހަރުގެ އޯލެވެލް އިމްތިޙާނުގެ ސުވާލު ކަރުދާސްތައް ޑީ ޕީ އީ ގެ ގުދަނުން މި ސްކޫލަށް ގެނެސް އަދި ޕޭޕަރ ނިމުމުން، އަނބުރާ ގުދަނަށް ގެންގޮސްދޭނެ ޓެކްސީއެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮގަސްޓު 29 ވާ ހޯމަ ދުވަހުގެ 11:00 އަށް

2016 އޮގަސްޓު 31 ވާ ބުދަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3325762, 331346 ނަންބަރު ފޯނާއެވެ.

18 ޛުލްޤަޢިދާ 1437

21 އޮގަސްޓް 2016
ހޯދާ