ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
ދިވެހިރާއްޖެ
ގްރެޖުއޭޝަނަށް ފޮޓޯނަގައިދެވޭނެ ފަރާތެއް ހޯދަން ބޭނުއްވެއްޖެ

އިޢުލާން

ގްރެޖުއޭޝަނަށް ފޮޓޯނަގައިދެވޭނެ ފަރާތެއް ހޯދަން ބޭނުއްވެއްޖެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ "ދަސްވެނިވުން އޮގަސްޓު 2016" ރަސްމިއްޔާތުގެ ފޮޓޯ ނަގައިދޭނެ ފަރާތެއް ހޯދުމަށް ކުރި މި ފެކަލްޓީގެ ނަންބަރު: 153-FHTS-2016-13 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެފައިވަނީ 2 ފަރާތުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަން ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (ޔުނިވަރސިޓީ ދަނާލުގެ ކުރިމަތި) ގެ ސެމިނަރހޯލް، ދެވަނަ ފަންގިފިލާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 21 ވާ އާދީއްތަދުވަހުގެ 11:00 އަށް މި ފެކަލްޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

12 ޛުލްޤަޢިދާ 1437

15 އޮގަސްޓް 2016
ހޯދާ