މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
އިސްލާމިކް ފައިނޭންސްގެ ދާއިރާއާބެހޭ ފޮތް އަދި ލިޔުންތައް ޝާޢިއުކޮށްދިނުމުގެ ޚިދުމަތް

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑްގެ ފަރާތުން އިސްލާމިކް ފައިނޭންސާބެހޭ ލިޔުންތައް އަދި ފޮތްތައް ޝާއިޢުކޮށްދިނުމުގެ ޚިދުމަތާބެހޭ

އިސްލާމިކް ފައިނޭންސްގެ ދާއިރާއާބެހޭ އެކަޑަމިކް ޖާނަލްސް، ފޮތް އަދި އެހެނިހެން ލިޔުންތައް ޝާއިޢުކުރުމަކީ މި ކުންފުނީގެ ފަރާތުން ދެވޭ ޚިދުމަތަކަށްވާތީ، އެކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ. މިގޮތުން، މި ޚިދުމަތަށް ޝައުޤުވެރިވާ ލިޔުންތެރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ނުވަތަ ޕްރޮޕޯޒަލެއް މި ކުންފުނީގެ މެއިލް [email protected] އަށް ފޮނުއްވުމަށް އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ 3300023 އަށް ގުޅުއްވުމަށް އެދެމެވެ.

6 ޛުލްޤަޢިދާ 1437

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑް

މ. ސަކައިމޫ (މޫކާއި ސުއިޓްސް)، ތިންވަނަ ފަންގިފިލާ، ހަވީރީހިނގުން

މާލެ، ދިވެހިރާއްޖެ 

11 އޮގަސްޓް 2016
ހޯދާ