ފޮއްދޫ ސުކޫލް ނ. ފޮއްދޫ
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް

އިޢުލާން

އިސްވެރިޔާ ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ:

މި ސްކޫލުގެ ނަންބަރު (IUL)GS118/2016/28 އިޢުލާނާ ގުޅިގެން 3 ފަރާތަށް ވުރެ މަދުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

2016 އޮގަސްޓުމަހުން ފެށިގެން 31 ޑިސެންބަރު 2016 އަށް މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ގެ ކުއްޔަށް ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 އޮގަސްޓު 15 ވާ ހޯމަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން ކުއްޔަށްދެވޭނެ އަގު ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅާއިރު، ގެއާއި ގޯތީގެ ފްލޯޗާޓް އަދި އިންވެންޓްރީލިސްޓު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ކުއްޔަށް ދޫކުރާ ގޭގައި މިދަންނަވާ ފަސޭހަތައް ލިބެން ހުންނަންވާނެއެވެ.

  • ގޭގެ ދިއްލުންތަކާއި ފަންކާ އަދި ފެން ނަގާ ޕަމްޕު ފަދަ އަސާސީ އިލެކްޓްރިކް ފިޓިންގްސްއާއި މި ދެންނެވުނު ފަދަ އަސާސީ އެންމެހައި ތަކެތި.
  • ފެން ނަގާ ވަޅާއި، ބޯފެން ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވުން. އަދި ފެންވަރާ ފެނުގައި އެއްވެސް ބާވަތެއްގެ ތަޣައްޔަރުކަމެއް ހުރިނަމަ، އެކަން ހުންނަންވާނީ ހައްލުވެފައެވެ.
  • ދޮވެ އިސްތިރިކުރުމަށް ބޭނުންވާ ތަކެތި.
  • ހުސް ވަގުތު އިށީނދެ ތިބުމަށާއި ލިޔެކިޔުމުގެ ކަންތައްތައްކޮށް އުޅުމަށް ބޭނުންވާ ސާމާނު.
  • ދަތިނުވެ 2 މީހަކަށް ނިދައި އުޅެވޭނެ ފަރުނީޗަރާއި އެހެނިހެން ސާމާނު.
  • ސްކޫލާ ކައިރި އަދި ފަސޭހައިން، އިތުރު ބަޔަކާ އެއްނުވާގޮތަށް ވަދެނިކުމެވޭގޮތަށް ހުރުން.

މިދެންނެވި ޚިދުމަތްތައް، ކުއްޔަށް ހިފާ ފަރާތުން ދައްކަންޖެހޭ އެއްވެސް އުޖޫރައެއްނެތި ލިބެން ހުންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށް 6560570/6561807 ނަންބަރު ފޯނާއެވެ.                                                                  

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

8 ޛުލްޤަޢިދާ 1437

11 އޮގަސްޓް 2016
ހޯދާ