މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންޕްލާންޓާއި، ޕްލާންޓާ ގުޅުންހުރި ބައެއްތަކެތި ނީލަން ކިޔުމާބެހޭ

އިޢުލާން

އުނގޫފާރުގައި ބޭނުންކުރަމުންދިޔަ ފެންޕްލާންޓާއި، ޕްލާންޓާ ގުޅުންހުރި ބައެއްތަކެތި ނީލަން ކިޔުމާބެހޭ.

ސުރުޚީގައި ދެންނެވިފައިވާ ޕްލާންޓް 2016 އޮގަސްޓު 10 ވާ ބުދަދުވަހުގެ މެންދުރުފަހުގެ 1:00 ގައި އުނގޫފާރު ބަނދަރުގެ އުތުރުކޮޅުގައި ޕްލާންޓް ހުރި ސަރަހައްދުގައި ނީލަން ކިއުން އޮންނާނެ ވާހަކަ ދެންނެވީމެވެ. އަދި ދަންނަވަމެވެ. ނީލަމުން ތަކެތި ނަންގަވާތާ 24 ގަޑިއިރުގެ ތެރޭގައި ނެންގެވި ތަކެތީގެ ފައިސާ ކައުންސިލް އިދާރާއަށް ދެއްކުމަށްފަހު ތަކެތި އެތަނުން ނަންގަވައި ބިން ސާފުކުރަންވާނެ. ތިރީގައިމިވަނީ ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފުސީލެވެ.

1- ފެންޕްލާންޓް  ހަލާކުވެފައި

2- ކަޅުހަން 5000 ލިޓަރުގެ (އައުބާމިން) ބައު

3- ކަޅުހަން 2500 ލިޓަރުގެ (އައުބާމިން) ބައު

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންނު ކުރީމެވެ.

29 ޝައްވާލް 1437

03 އޮގަސްޓް 2016
ހޯދާ