ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމާބެހޭ

          އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ހުށަހަޅަމުން ގެންދަވާ އެޕްލިކޭޝަންތައް މިއަދުން ފެށިގެން ހުށަހެޅޭނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި އެކަންޏެވެ. ހުކުރު، ހޮނިހިރު އަދި ރަސްމީ ބަންދު ދުވަސްތަކުގައި އޮންލައިން އެޕްލިކޭޝަން ހުށަނޭޅޭނޭ ވާހަކަ ދަންނަވަމެވެ.

          މިގޮތަށް މިކަން ހަމަޖައްސަން ޖެހުނީ ޢާންމުންނަށް ދޭ ޚިދުމަތްތައް އޮމާންކަމާއެކު ވީއެންމެ އަވަސް މުއްދަތެއްގައި ނިންމައި، ޚިދުމަތް ފޯރުވައިދިނުމަށްޓަކައެވެ.

          ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޝައްވާލް 1434

21 އޮގަސްޓް 2013
ހޯދާ