އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އދ. މާމިގިލީ ޞީއްޙީ މަރުކަޒުގައި ކުރިން ބޭނުންކުރި އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިޢުލާނާ ގުޅިގެން ފުރިހަމަކުރަންޖެހޭ ބައެއް މަޢުލޫމާތު ފުރިހަމަވެފައިނުވާތީ، މި އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 09 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ އދ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ އދ. މާމިގިލި ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 17 ވާ ބުދަ ދުވަހުގެ 10:30 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތ އދ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ އދ. މާމިގިލީ ޞިއްޙީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

16 ޝައްވާލް 1437

21 ޖުލައި 2016
ހޯދާ