ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ އަތޮޅުފުޓްބޯޅަ މުބާރާތާ ގުޅޭ

އިއުލާން

2016 ވަނަ އަހަރުގެ އަތޮޅު ފުޓްބޯޅަ މުބާރާތް 26 ޖުލައި 2016 ގައި ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވެލައްވާ ރަށްތަކަށް ބައިވެރިވުމުގެ މުއްދަތު 2016 ޖޫން 26 ވަނަ ދުވަހުގެ 14:00 އާ ހަަމައަށް އިތުރުކޮށްދެވިފައިވާ ވާހަކަ ދަންނަވަމެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ރަށްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދި ލިޔުމަކުން 2016 ޖޫން 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށަހެޅުއްވުން އެދެމެވެ. މިލިޔުމުގައި، ފުޓްބޯޅަޓީމުގެ ކަންތައްތަކުގައި އެސޯސިއޭޝަނުން ގުޅާނޭ ފަރާތުގެ ނަމާއި، ފޯނު ނަންބަރު އޮންނަންވާނެއެވެ.

މުބާރާތް ކުޅޭނެގޮތް:

1- އަތޮޅަކުން 2 ޓީމަށް ވުރެ ގިނަ ޓީމު ބައިވެރިވާނަމަ، އެ އަތޮޅުމުބާރާތުގެ މެޗުތައް ކުޅޭނީ އެ އަތޮޅެއްގެ ހޯސްޓުކުރާ ރަށެއްގައެވެ. 

2- އެ އަތޮޅެއްގެ އަތޮޅުމުބާރާތް ހޯސްޓުކުރަން ބޭނުންވެލައްވާ ރަށްތަކުން އެކަމަށް އެދި ފޯމު ފުރިހަމަކުރެއްވުމަށްފަހު، ޕްރޮޕޯޒަލާއެކު 2016 ޖޫން 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަންނަށް އީމެއިލް ނުވަތަ ފެކްސް ކުރެއްވުމަށް ދަންނަވަމެވެ.

3- ޒޯން މުބާރާތުގެ މެޗުތައް ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

4- މުބާރާތް ފަށާ ދުވަހުން ފެށިގެން އެއަތޮޅެއްގެ އަތޮޅުމުބާރާތާއި ޒޯންމުބާރާތް 1 މަސްދުވަހުގެ ތެރޭގައި ކުޅެ ނިމޭނެއެވެ.

5- ޓީމުލިސްޓު ފުރިހަމަ ކުރެއްވުމަށްފަހު، 14 ޖުލައި 2016 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި އެސޯސިއޭޝަނަށް ފޮނުވުމަށް:

ފެކްސް ކުރައްވާނީ: 3317005

އީމެއިލް ކުރައްވާނީ: [email protected]

މުބާރާތުގައި ޓީމުތައް ބައިވެރިވެ ނިމުމުން އެކިއެކި އަތޮޅުގައި މުބާރާތް ފަށާ ތާރީޚު އިޢުލާންކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ޓީމެއްގެ ޓީމުލިސްޓުގައި 21 އަހަރުން ދަށުގެ 07 ކުޅުންތެރިން ހިމަނަންޖެހޭނެއެވެ.

19 ޖޫން 2016
ހޯދާ