އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމު:

ލީގަލް އޮފިސަރ (އެމް.އެސް 3)

ބޭނުންވާ ޢަދަދު:

01  (އެކެއް)

ސެކްޝަން

ލީގަލް ސަރވިސް ޔުނިޓް

ބޭސިކް މުސާރަ:

މަހަކު -/7035 (ހަތްހާސް ތިރީސްފަހެއް) ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2000 (ދެހާސް) ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/4000 (ހަތަރުހާސް) ރުފިޔާ

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45

ވަޒީފާގެ ބާވަތް: 

ދާއިމީ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރަންޖެހިއްޖެ ނަމަ ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރާގޮތަށް

ފެންވަރު ނުވަތަ ޝަރުޠު:

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. އުމުރުން 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  3. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެ މީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  4. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

- ކޮމިޝަނަށް ހުށަހަޅާ ކަންކަމުގައި ޤާނޫނީ ގޮތުން ބަލަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް ބަލައި ޖަވާބުދާރީވުން.

- އިންތިޚާބުތަކާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި ޖަވާބުދާރީވުން.

- ޤާނޫނީ ކަންކަމުގައި ކޮމިޝަނަށް ލަފާދިނުން.

- ޤާނޫނީ ކަންކަމުގައި ޝަރުއީ ކޯޓުތަކުގައި ކޮމިޝަނުގެ ފަރާތުން ވަކާލާތުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

- ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު:

މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

ސުންގަޑި:         

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 27 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

- ފޯމު ބަލައިގަތުމަށްފަހު ޞައްޙަ ނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެ ފޯމެއް ބާޠިލުކުރެވޭނެ އެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

- މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާއިން) ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

14 ރަމަޟާން 1437

މީހުން ހޮވުމުގައި ބަލާ މިންގަނޑު

ތަފުސީލު

މާކްސް

ތަޢުލީމު

40 މާކްސް

މަސައްކަތުގެ ތަޖުރިބާ

15 މާކްސް

އިންޓަރވިޔު

35 މާކްސް

ޚާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

10 މާކްސް

 

100 މާކްސް

 ޝޯޓްލިސްޓު ކުރެވޭ ގޮތް

  • ޝޯޓްލިސްޓުކުރާނީ ތަޢުލީމު، މަސައްކަތުގެ ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާރކްސްއަށް ބެލުމަށްފަހު ލިބޭ މާކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • ތަޢުލީމީ ސެޓުފިކެޓަށް މާކްސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.
  • މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެ މަތީންނެވެ.

 

20 ޖޫން 2016
ހޯދާ