ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮޓާ ކެފޭ އަދި ރެސްޓޯރެންޓް ހިންގުން ފަދަ ބޭނުންތަކަށް ''މަކްތަބު'' ކުއްޔަށް ދޫކުރުން

އިޢުލާން

މި އިދާރާގެ ބެލުމުގެ ދަށުގައިވާ ހއ. ބާރަށު ''މަކްތަބު''، 15 އަހަރުގެ މުއްދަތަށް ހޮޓާ ކެފޭ އަދި ރެސްޓޯރެންޓް ހިންގުން ފަދަ ބޭނުންތަކަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާނީ މި އިދާރާއިން ވިއްކާ ބިޑްފޮތުގައެވެ. ބިޑްފޮތް 2016 ޖޫން 15 ވާ ބުދަ ދުވަހުން ފެށިގެން 2016 ޖޫން 29 ވާ ބުދަ ދުވަހުގެ ނިޔަލަށް ބަންދު ދުވަސްތައް ފިޔަވައި ރަސްމީ ދުވަސްތަކުގެ 10:30 ން 13:00 އަށް މި އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. މިކަމާ ގުޅޭ މަޢުލޫމާތާއި، ބިޑް ހުށަހަޅާއިރު ހުށަހަޅަންޖެހޭ އެންމެހާ ތަކެއްޗާބެހޭ މަޢުލޫމާތު ބިޑްފޮތުގައި ހިމެނިފައިވާނެއެވެ. ބިޑްފޮތެއް ވިއްކާ އަގަކީ -/100 (އެއް ސަތޭކަ) ރުފިޔާއެވެ.

ބިޑް ހުށަހަޅާނީ 2016 ޖުލައި 11 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާއަށެވެ. ބިޑް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 ރަމަޟާން 1437

15 ޖޫން 2016
ހޯދާ