ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ވާރކް ސްޓޭޝަން (ފަރުނީޗަރު މޭޒު/ޕާޓިޝަނާއެކު) ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ޓްރައިބިއުނަލަށް ވާރކް ސްޓޭޝަންތަކެއް (ފަރުނީޗަރު މޭޒު / ޕާޓިޝަނާއެކު) ގަތުމަށް ކުރި ނަންބަރު:200-VTR/IU/2016/03 އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ޕްރޮޕޯޒަލް ހުށަހަޅުއްވާފައިނުވާތީ، އެކަމަށް އަލުން ހުޅުވާލަމެވެ.

ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 19 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ގ. ފަތުރުވެހި (މަޓީބިލްޑިންގގެ 03 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 22 ވާ ބުދަ ދުވަހުގެ 11:00 އަށް (މަޓީބިލްޑިންގގެ 03ވަނަ ފަންގިފިލާ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މި ޓްރައިބިއުނަލްގެ 3308773 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

03 ރަމަޟާން 1437

09 ޖޫން 2016
ހޯދާ