ދިވެހިރާއްޖެ
އިޢުލާން
ލ. ގަން މާހިންނަ ސަރަޙައްދުގެ ސްވަރޭޖް ޑިސްޗާޖް ޕަންޕު ސްޓޭޝަން ޤާއިމުކުރުމާއި އައުޓްފޯލް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:
މި ކުންފުނީގެ ލ. ގަން މާހިންނަ ސަރަޙައްދުގެ ނަރުދަމާ ނިޒާމުގެ ސްވަރޭޖް ޑިސްޗާޖް ޕަންޕު ސްޓޭޝަން ފަރުމާކޮށް، ޤާއިމުކުރުމާއި އައުޓްފޯލް ހޮޅި މަރާމާތުކުރުމުގެ މަސައްކަތް މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު:FNK-K(T)/FNK/IUL/2016/051 (09 މޭ 2016) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، މި ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 19 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑުއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މި ކުންފުނީގެ ލ. ގަން މާހިންނަ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑުއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މި ކުންފުނީގެ ލ. ގަން މާހިންނަ ބްރާންޗަށެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.
04 ރަމަޟާން 1437