މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ލޯކަލް މާރުކޭޓް ގޮޅިތައް ރީ-ރަޖިސްޓްރީ ކުރުމާ ބެހޭ

އިޢުލާން

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން މި މިނިސްޓްރީއަށް ލޯކަލް މާރުކޭޓާއި ވަޅޯމަސް މާރުކޭޓްތައް ބަދަލުކުރުމާ ގުޅިގެން، މި މާރުކޭޓުތަކުގައި ހިމެނޭ ގޮޅިތަކުގެ ވެރިންގެ ފުރިހަމަ މަޢުލޫމާތު ލިބިފައި ނެތުމުން، މި މިނިސްޓްރީގެ ލިސްޓުގައި ތިބި ފަރާތްތަކަކީ ގޮޅިތަކުގެ ވެރިފަރާތްތޯ ކަށަވަރުކުރުމަށް އަލުން މިނިސްޓްރީގައި ރަޖިސްޓަރީވުމަށް 2016 ޖުލައި 05 ވަނަ ދުވަހުގެ ކުރިން ހުށަހެޅުއްވުމަށް ދެންނެވީމެވެ.

އަދި މިކަމަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީއިން ލިބެން ހުންނާނެއެވެ. ފޯމު ފުރިހަމަކުރުމަށްފަހު ދިވެހިރައްޔިތެއްކަން އަންގައިދޭ ކޮޕީއާއި، ގޮޅި ލިބިފައިވާކަމުގެ ލިޔުމެއް ނުވަތަ އެގްރީމެންޓްގެ ކޮޕީ ހުށަހަޅަންވާނެއެވެ. 

02 ޖޫން 2016
ހޯދާ