މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
މިނިސްޓްރީއަށް ބޭނުންވާ ފަރުނީޗަރ ގަންނަން ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީއަށް މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެއެވެ.

  • 05 އޮފީސް މޭޒު
  • 01 ކޮންފަރެންސް މޭޒު
  • 11 އޮފީސް ގޮނޑި
  • 02 ސައިޑް ޓޭބަލް
  • 02 ބިއްލޫރިޖެހި ފޮތް ކަބަޑު
  • 02 ފައިލިންގ ކެބިނެޓް
  • 01 ވައިޓް ބޯޑު

އަދި ދަންނަވަމެވެ. މިދެންނެވި އަދަދުތަކަށް އުނި އިތުރު އައުމަކީ އެކަށީގެންވާ ކަމެކެވެ.

ވީމާ، މި މަސައްކަތްކޮށްދޭން އެދޭ ފަރާތްތަކުން 2016 ޖޫން 01 ވަނަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 2016 ޖޫން 05 ވަނަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުންއެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި މިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމަށް މީގެކުރިން ކުރި މި މިނިސްޓްރީގެ ނަންބަރު (IUL)28-FA-1/1/2016/50 އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ބޭފުޅުން މަޢުލޫމާތު ސާފުކުރަން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

26 މޭ 2016
ހޯދާ