މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓަރީ ކުރުމާއި ލައިސަންސް ހޯދުން

އިޢުލާން

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓަރީ ކުރުމާއި ލައިސަންސް ހޯދުން

ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު (ނަންބަރު 13/2015) ގެ 91 އަދި 92 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެލައިޑް ހެލްތު ޕްރޮފެޝަނަލަކު، މި ކައުންސިލުގައި ރަޖިސްޓަރީނުކޮށް އަދި ލައިސަންސް ނެތި ރާއްޖޭގައި މަސައްކަތް ކުރުމަކީ ކުށެކެވެ.

ނަމަވެސް ބައެއް ފަރާތްތަކުން، މި ކައުންސިލުގައި ރަޖިސްޓަރީނުކޮށް އަދި ލައިސެންސް ނެތި މަސައްކަތްކުރާކަން މި ކައުންސިލްގެ ސަމާލުކަމަށް ވަނީ ގެނެވިފައެވެ.

ވީމާ، މިއީ ޤާނޫނީ ކުށެއްކަމާއި، ރަޖިސްޓަރީނުކޮށް މަސައްކަތްކުރުމުގެ ކުށުގެ އަދަބަކީ ގިނަވެގެން -/50,000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން ކަމާއި، އަދި ލައިސަންސް ނެތި މަސައްކަތްކުރުމުގެ ކުށުގެ އަދަބަކީވެސް ގިނަވެގެން -/50،000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން ކަމާއި، ރަޖިސްޓަރީ ނުކޮށް އަދި ލައިސަންސް ނެތި އެލައިޑް ހެލްތު ޕްރެކްޓިޝަނަރެއް ގޮތުގައި މަސައްކަތް ނުކުރުމަށް އަންގައި އިޢުލާން ކުރަމެވެ.

18 ޝަޢުބާން 1437
25 މޭ 2016
ހޯދާ