ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އާދައުރަކަށް ހިންގާކޮމިޓީ އިންތިޚާބުކުރުން

އިޢުލާން

އާދައުރަކަށް ހިންގާކޮމިޓީ އިންތިޚާބުކުރުން:

1. 27 އެޕްރީލް 2016 ގައި ބޭއްވުނު މި ބޯޑުގެ އެގްޒެކެޓިވް ކޮމިޓީގެ 2016 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުމުގައި، ބޯޑުގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އާ ދައުރަކަށް ހިންގާ ކޮމިޓީ އިންތިޚާބުކުރުން 15 ޖޫން 2016 ގައި ބޭއްވުމަށްވަނީ ނިންމާފައެވެ.

2. ހިންގާ ކޮމިޓީން ނިންމާފައިވާ ގޮތުގެ މަތިން ބޯޑުގެ އެގްޒެކެޓިވް ކޮމެޓީގެ ތިރީގައި ބަޔާން ކޮށްފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

  • ޕްރެޒިޑެންޓް
  • ވައިސް ޕްރެޒިޑެންޓް
  • އެސޯސިއޭޓް މެންބަރުންގެ ތެރެއިން ހޮވާ 2 މެންބަރުން
  • ފަރުދީ މެންބަރުންގެ ތެރެއިން ހޮވާ މެންބަރެއް
  • ފުރިހަމަ މެންބަރުންގެ ތެރެއިން ހޮވާ 4 މެންބަރުން.

މަގާމުތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކުން 2016 ޖޫން 1 ވަނަ ދުވަހުގެ 12:00ގެ ކުރިން މި ބޯޑުގެ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ކްރިކެޓް ބޯޑުން ލިބެން ހުންނާނެއެވެ.

3. އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރާ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ބޯޑުގެ އެންމެހައި މެންބަރުންނަށް ވަނީ ހުޅުވާލެވިފައެވެ. އަދި 2016 ވަނަ އަހަރާ ހަމައަށް، މި ބޯޑުގައި ރަޖިސްޓަރީވެފައިވާ ހުރިހާ މެންބަރުންނަށް ވޯޓުލެވޭގޮތަށް އެކްޒެކެޓިވް ކޮމެޓީން ވަނީ ނިންމާފައެވެ. ވީމާ، މި ޖަލްސާގައި ކުލަބް/ ޖަމްޢިއްޔާ/ އެކަޑަމީގެ ފަރާތުން ބައިވެރިވެ، އެ ފަރާތްތައް ތަމުސީލުކޮށް، ވޯޓު ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު، 2016 ޖޫން 1 ވަނަ ދުވަހުގެ 12:00 ގެ ކުރިން، މި ބޯޑަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ.

4. ކްރިކެޓް ބޯޑުގެ އިންތިޚާބާ ބެހޭ ގަވާއިދު މި އިޢުލާނާއެކު އެވަނީއެވެ.

15 މޭ 2016
ހޯދާ