ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވަރސިޓީގެ އިނގިރޭސި އެންޓްރަންސް އިމްތިޙާނުގެ 2 ވަނަ ބުރު ބޭއްވުމާބެހޭ

އިޢުލާން

ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކުގެ ތެރެއިން ބައެއް ކޯސްތަކަކީ އެ ކޯސްތަކަށް ވަނުމަށް ވަކި ފެންވަރެއްގެ އިނގިރޭސިބަހުގެ ފާހެއް އޮތުން ލާޒިމު ކުރެވިފައިވާ ކޯސްތަކެކެވެ. ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކުގެ ތެރެއިން މި ދެންނެވިފަދަ ކޯސްތަކަށް ހުށަހަޅާ ކުދިންގެ ތެރެއިން އިނގިރޭސިބަހުގެ ފާސް ނެތް ފަރާތްތަކަށްވެސް ފުރުޞަތު ދިނުމުގެ ގޮތުން، ޤައުމީ ޔުނިވަރސިޓީން މީގެ ކުރިން އަންނަނީ މިފަދަ ކޯސްތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިނގިރޭސިބަހުގެ ފާސް ނެތް ފަރާތްތަކަށް އަމާޒުކޮށްގެން، އިނގިރޭސިބަހުގެ އެންޓްރެންސް އިމްތިޙާނެއް ބާއްވަމުންނެވެ. މިގޮތުން 2016 ވަނަ އަހަރުގެ ދެވަނަ ޓާރމުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އަމާޒުކޮށްގެން ބޭއްވޭ އެންޓްރަންސް އިމްތިޙާނުގެ ދެވަނަ ބުރު  2016 މޭ 21 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޔުނިވަރސިޓީން 2016 ޖޫންގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ އިނގިރޭސިބަހުގެ ޝަރުޠު ހަމަނުވިކަމުގައިވީނަމަވެސް އެހެން ޝަރުޠުތައް ހަމަވާނަމަ އެފަރާތްތަކުގެ ފޯމު ބަލައިގަންނާނެއެވެ. ނަމަވެސް، މި ފަރާތްތަކުގެ ޖާގަ މުޅިން ކަށަވަރުވާނީ އިނގިރޭސި އިމްތިޙާނު ހެދުމަށްފަހު، އެ އިމްތިޙާނުގެ ނަތީޖާއިން ފާސްވެފައިވާނަމައެވެ. ވީމާ، މިކަން، ކޯހަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނެ، އަދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިނގިރޭސިބަހުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިމްތިޙާނުގައި ބައިވެރިވުމަށް ޢަމަލުކުރަންޖެހޭ ގޮތް:

  •  އިނގިރޭސި އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު، ފުރިހަމަކުރުމަށްފަހު، 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އިދާރީ މަރުކަޒުގައި ހުންނަ ރެވެނިޔު ސެކްޝަނަށް އިމްތިޙާނުގެ ފީއަށްވާ -/500 ރުފިޔާ (ފަސްސަތޭކަރުފިޔާ) ދައްކައި، އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއެކު އައިޑީ ކާޑުގެ ކޮޕީއެއް ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހަށް ހުށަހަޅާނީއެވެ. (ނަމަވެސް ކޯހަށް އެދި ފޯމު ހުށަހަޅާފައިވާނަމަ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.)
  •  އިނގިރޭސި އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު، ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި www.mnu.edu.mv އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.

އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމާއި، ފީ ދެއްކުން އަދި އިމްތިޙާނު ހެދުން ޔުނިވަރސިޓީގެ ކޮންމެ ކެމްޕަހެއްގައިވެސް ކުރިއަށްދާނެއެވެ. އިމްތިޙާނުގެ ނަތީޖާ 2016 މޭ 25 ވާ ބުދަ ދުވަހުން ފެށިގެން ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުން ދޫކުރެވޭނެއެވެ.

12 މޭ 2016
ހޯދާ