ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރިސްކޫލު ޢިމާރާތްކޮށްދޭނެ ފަރާތްތައް ހޯދުމަށް

އިޢުލާން

ވަންދޫ ޕްރީސްކޫލް ޢިމާރާތްކުރުމާ ގުޅޭ

މި އިދާރާގެ ނަންބަރު: 27/388/2016-7-N (03 މޭ 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ މި ޢިއުލާން ބާޠިލުކޮށް އިޢުލާނުކުރަމެވެ.

މި އިދާރާއިން ދައްކާ ނަމުނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި ވަންދޫ ޕްރީސްކޫލް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެޖެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން 2016 މޭ 23 ވާ ހޯމަ ދުވަހުގެ 10:00 ގައި ވަންދޫ ކައުންސިލުގެ އިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 8 ވާ ބުދަ ދުވަހުގެ 10:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު، މުއްދަތު ހަމަނުވާ އައި.ޑީ ކާޑު އަދި ކުންފުންޏެއްނަމަ އެ ތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަވަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 7980047 ފޯނާއެވެ.

01 ޝަޢުބާން 1437

08 މޭ 2016
ހޯދާ