ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާ ބެހޭ

އިޢުލާން

ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ:

މިރަށު އިރުވައިފަރާތުން މަސްކައްކާ ހިއްކުމަށްޓަކައި ދޫކޮށްފައިވާ ބިންތަކާއި، އެ ބިންތަކާ އިންވެގެން ހެދުމަށް ހަމަޖެހިފައިވާ މަގުގައި، އޮރެންޖާއި ފެހިކުލައިގެ ދަވާދުން 1 ން 415 އަށް ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއެވެ.

ވީމާ، މިދެންނެވި ރުއްގަހުގެ ވެރިފަރާތްތަކުން އެފަރާތެއްގެ ރުއްގަހުގައި ޖަހާފައިވާ ނަންބަރު، 2016 މޭ 12 ވާ ބުރާސްފަތި ދުވަހު އޮފީސް ބަންދުވުމުގެ ކުރިން ލިޔުމަކުން މި އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

25 ރަޖަބު 1437

02 މޭ 2016
ހޯދާ