މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
Pfizer Pharmaceutical LLC,USA އިން އުފައްދާ ބޭހެއް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކުރުން

އިޢުލާން

 Prazosin 2.5mg އާއި Prazosin 5mg  ގުޅަ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަން ހުއްދަ އޮންނަ ބްރޭންޑަކީ Pfizer, France އިން އުފައްދާފައިވާ Minipress XL2.5mg އާއި Minipress XL 5mg އެވެ. އަދި މި ކުންފުނިން އުފައްދާ މި ބްރޭންޑް މާރކެޓްގައި ލިބެންހުރިކަންވެސް ފާހަގަކުރަމެވެ.

 ނަމަވެސް އެހެން ކުންފުންޏަކުން އުފައްދާ (Pfizer Pharmaceuticals LLC, USA) ހުއްދަ ނޫން، (For Sale in India only) މިފަދައިން ލޭބަލް ކޮށްފައިވާ ޕްރޮޑަކްޓްތައް މާރކެޓުގައި ހުރިކަން މި އޮތޯރިޓީން ބެލިބެލުމުން ވަނީ ފާހަގަކުރެވިފައެވެ. މާރކެޓުގައި ހުރި ދެންނެވިފައި ބްރޭންޑަކީ ހަމައެކަނި އިންޑިއާގައި ވިއްކުމަށް އުފައްދާފައިވާ ބޭހެކެވެ. އަދި އެ ބޭހުގައި (For Sale in India only) ލިޔެފައިހުރި އަދި އެ ލިޔުން ކަޅު މާކަރަކުން ކުލަޖައްސާފައިވާކަން ފާހަގަކުރެވިފައިވެއެވެ.

ވީމާ، Pfizer Pharmaceuticals LLC, USA އިން އުފައްދާފައިވާ Minipress XL 2.5mg Tablet އާއި Minipress XL 5mg Tablet ރާއްޖެ އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމުގައި އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ. އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3014316 އިން  ލިބިވަޑައިގަންނަވާނެއެވެ.

21 ރަޖަބު 1437

28 އޭޕްރިލް 2016
ހޯދާ