މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
2016 ވަނަ އަހަރު ދަނޑުވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާޅުން

ސާރކިއުލަރ

2016 ވަނަ އަހަރު ދަނޑުވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވައިލުން

08 ވަނަ ދަނޑުވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ޝައުޤުވެރިވެލައްވާ ރަށު ކައުންސިލުތަކުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރަށް 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިކަމަށް އެދޭ ފޯމު ފުރިހަމަކުރައްވައި ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން މިއަހަރު ދަނޑުވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ފުރުޞަތު ހުޅުވާލަނީ މާލޭން ދެކުނުގެ ރަށްތަކަށެވެ. ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ހުށަހަޅާ ރަށަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހެއް މި އަހަރު އެ ރަށުގައި ފާހަގަކުރާ ރަށަކަށް ނުވުމާއި އެ ރަށެއްގައި މީގެކުރިން ދަނޑުވެރިންގެ ދުވަސް ފާހަގަކޮށްފައިވާނަމަ، އޭގެފަހުން 5 އަހަރު ވެފައިވާ ރަށަކަށް ވާންވާނެއެވެ. 

ދަނޑުވެރިންގެ ދުވަސް ބާއްވާ ރަށެއްގެ ޢުމްރާނީ ތަރައްޤީއަށް މާލީގޮތުން އެހީތެރިވެދިނުމުގެ ބަދަލުގައި މިނިސްޓްރީން ޚަރަދު ކުރާނީ ދަނޑުވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި އެ ރަށެއްގައި ކުރެވެން ހުރި ކަންތައްތަކެއް ކުރުމަށެވެ. އަދި ދަނޑުވެރިންގެ ދުވަހާއި ގުޅުންހުރި ޙަރަކާތްތަކާއި ދަނޑުވެރިކަމުގެ ޞިނާއަތު ކުރިއެރުވުމަށް ހިންގޭ ތަފާތު ޕްރޮގްރާމުތައް މި ދުވަސް ފާހަގަކުރުމަށް ކަނޑައަޅާ ރަށުގައާއި އެ ރަށެއް ހިމެނޭ އަތޮޅުގެ އެހެން ރަށްރަށަށް އަމާޒުކުރުމުގެ ވިސްނުން މިމިނިސްޓްރީން ގެންގުޅޭނެ ކަމުގައި ދަންނަވަމެވެ.

ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް އެދި ހުށަހަޅާ ފޯމު އިވެލުއޭޓް ކުރުމުގައި ބަލާނޭ މައިގަނޑު ކަންތައްތައް

ތަފުސީލު

ޕޮއިންޓު ދެވޭ ރޭންޖް

1- ދަނޑުވެރިރަށަކަށްވުން

0 - 20

2- ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ސަބަބުން ރަށަށް ލިބެން ބޭނުންވާ ކުރިއެރުން

0 - 10

3- މެހުމާނުން ތިއްބެވުމަށް ރަށުން ޖާގަ ލިބޭ އަދަދު

0 - 20

4- މެހުމާނުންނަށް ތިއްބެވުމުގެ އިންތިޒާމު ހިލޭ ދެއްވާނަމަ

0 - 30

5- ރަށުގެ ފާލަމުގެ ހާލަތާއި ރަށަށް އަރައި ފޭބުމުގެ ފަސޭހަކަން

0 - 5

6- ރަށުގެ ބަނދަރު އޮތްނަމަ

0 - 5

7- ތިއްބެވުމުގެ ޚިދުމަތުގެ އިތުރުން އެކި އެކި ޚިދުމަތްތައް ހިލޭ (ދެއްވޭނޭ) މިންވަރު

0 - 10

ޖުމުލަ:

100

27 އޭޕްރިލް 2016
ހޯދާ