މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލެ ހުޅަނގު ހާބަރު ސަރަޙައްދުގައި ޒަމާނީ ފެންވަރުގެ ފުޑްކޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ސްޓޯލް ބަންދުކުރުމާބެހޭ

މާލޭ ހުޅަނގު ފަރާތު ހާބަރު ސަރަޙައްދުގައި ޒަމާނީ ފެންވަރުގެ ފުޑްކޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ހާބަރު ސަރަޙައްދުގެ ސްޓޯލްތައް ބަންދުކުރުމުގެ ގޮތުން 04 ފެބުރުވަރީ 2016 އާއި 18 ފެބުރުވަރީ 2016 ގައި ފޮނުވި އެންގުމާ އެއްގޮތަށް ސްޓޯލްތައް ހުސްކޮށްފައި ނުވާތީ، ސްޓޯލްތައް 2016 އެޕްރީލް 25 ވަނަ ދުވަހުގެ 16:00 އިން ފެށިގެން ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިމިނިސްޓްރީގެ ބެލުމުގެ ދަށުން ހުސްކުރެވޭނެއެވެ. އަދި މިގޮތަށް ހުސްކުރާއިރު ތަނުގައި ހުރި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމެއްގެ ޒިންމާ ދައުލަތުން ނުއުފުލާނެ ވާހަކަވެސް ދަންނަވަމެވެ.

26 އޭޕްރިލް 2016
ހޯދާ