ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިންނަށާއި މަސްވެރިންނަށް އަމާޒުކޮށްގެން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގާނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހުވަދުއަތޮޅު ދެކުނުބުރީ ރަށްތަކުގެ ދަނޑުވެރިންނަށާއި މަސްވެރިންނަށް އަމާޒުކޮށްގެން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގާނެފަރާތެއް ހޯދުމާބެހޭ:

ހުވަދުއަތޮޅު ދެކުނުބުރީ ރަށްތަކުގެ ދަނޑުވެރިންނަށާއި މަސްވެރިންނަށް އަމާޒުކޮށްގެން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 20 މާރިޗު 2016 ގައި މި ކައުންސިލުން ކޮށްފައިވާ ނަންބަރު: (IUL)242/242/2016/9 އިޢުލާނާ ގުޅިގެން ހެދިފައިވާ މަޢުލޫމާތުޝީޓުގައި ބައެއް މުހިންމު ލިޔުންތައް ހުށަހެޅުމަށް ބަޔާންކުރެވިފައި ނުވުމުން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް އަލުން މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ޖަމްޢިއްޔާ، ޖަމާޢަތްތަކުން އަދި ކުންފުނިތަކުން އަންނަ ފަރާތަކީ ޖަމްޢިއްޔާ، ޖަމާޢަތްތައް އަދި ކުންފުނިތައް ތަމްސީލުކުރާ ފަރާތެއްކަން އަންގައިދޭ ލިޔުން ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

07 ރަޖަބު 1437

14 އޭޕްރިލް 2016
ހޯދާ