ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ގެމަނަފުށީގައި ސަރުކާރުން އަޅާފައިވާ 4 ހައުސިންގ ޔުނިޓް ދޫކުރުން

އިޢުލާން

ގއ. ގެމަނަފުށީގައި ސަރުކާރުން އަޅާފައިވާ 4 ހައުސިންގ ޔުނިޓް ދޫކުރުމާބެހޭ

ގއ. ގެމަނަފުށީގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ 4 ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

މި 4 ހައުސިންގ ޔުނިޓަށް އެދޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ޕޮއިންޓް ދެވޭނެ އުސޫލު މި އިޢުލާނާއެކު ޢާންމުކުރީމެވެ.

ވީމާ، މި 4 ހައުސިންގ ޔުނިޓަށް އެދޭ ( މި އިޢުލާނުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ) ފަރާތްތަކުން މި އިދާރާއަށް ދުރުވެ " ގއ. ގެމަނަފުށީގައި ޢިމާރާތްކޮށްފައިވާ 4 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފޯމު " ނަންގަވާ ފުރިހަމަ ކުރެއްވުމަށްފަހު ފޯމު ހުށަހެޅުއްވުން އެދެމެވެ.

ފޯމު ދޫކުރުމާއި، ބަލައިގަތުން އޮންނާނީ 10 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 13:00 އަށް ގެމަނަފުށީ ކައުންސިލް އިދާރާގައެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީޚާއި ގަޑިއަކީ 19 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 13:00 އަށެވެ. މި ތާރީޚަށްފަހު ހުށަހެޅޭ ފޯމުތައް ބަލައިނުގަނެވޭނެއެވެ.

މި ހައުސިންގ ޔުނިޓްތަކަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ އުސޫލު

  • ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުން އެޑްވާންސްގެ ގޮތުގައި -/19000 ( ނަވާރަ ހާސް ރުފިޔާ ) ސަރުކާރަށް ދައްކަން ޖެހޭނެއެވެ.
  • އަދި 20 އަހަރު ދުވަހުން ފައިސާ ދައްކާ ޚަލާޞްކުރާ އުސޫލުން މަހަކު -/2500 ( ދެހާސް ފަސްސަތޭކަ ރުފިޔާ ) ސަރުކާރަށް ދައްކަން ޖެހޭނެއެވެ.
  • މި ހައުސިންގ ޔުނިޓްތަކަށް ދައްކަންޖެހޭ ފައިސާ ދައްކައި ނިމެންދެން މި ޔުނިޓްތައް ރަހުނު ކުރެވޭނެއެވެ.

މި 4 ހައުސިންގ ޔުނިޓަށް އެދޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް:

  1.  ޢުމުރުން 21 އަހަރު ފުރިފައިވުން.
  2.  ގއ. ގެމަނަފުށީ ރަށްވެއްސެއް ކަމުގައިވުން. ނުވަތަ ގެމަނަފުށްޓަށް ހިޖުރަ ކޮށްފައިވާ ގއ. ދިޔަދޫގެ ރަށްވެއްސެއްކަމުގައިވުން
  3.  ރާއްޖޭގެ އެއްވެސް ރަށެއްގައި ތިމާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ބޯހިޔާވެހިކަމެއް ނެތުން. 600 އަކަފޫޓަށްވުރެ ކުޑަ ބޯހިޔާވަހިކަމެއް ނުވަތަ ގޯއްޗެއް ލިބިފައިވާނަމަ މި ބޯހިޔާވަހިކަން އަދި ގޯތި ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން. އަދި މިބޯހިޔާވަހިކަން ނުވަތަ ގޯއްޗަކީ ރަހުނު ކުރެވިފައިވާ ތަންތަނަށް ނުވުން.
  4.  ރާއްޖޭގެ އެއްވެސް ރަށެއްގައި ތިމާގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެ، މިގޯތީގެ ޢިމާރާތާއި، ގޯތީގެ ރަޖިސްޓަރީ ހަދާފައި ނުވާނަމަ، މިގޯތި ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން. އަދި މިގޯއްޗަކީ ރަހުނު ކުރެވިފައިވާ ގޯއްޗަކަށް ނުވުން.
  5.  ރާއްޖޭގެ އެއްވެސް ރަށަކުން ތިމާއަށް ލިބިފައިވާ ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ލިބިފައިވާ ބޯހިޔާވަހިކަމެއް ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ވިއްކާލައި މީހަކަށްދީ ހަދާފައިނުވުން.
  6.  އެކަކަށްވުރެ ގިނަމީހުންގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ގޯއްޗެއްގެ ވެރިއަކަށްވެ، އެގޯތި ރަޖިސްޓަރީ ކޮށްފައިވާ އެންމެންގެ މެދުގައި ހަމަހަމަކޮށް ބަހާލުމުން ތިމާއަށް ލިބޭބައި 600 އަކަފޫޓަށްވުރެ ކުޑަވުން، އަދި އެގޯތިން ތިމާއަށްވާބައި އެގޯތީގެ ބެހެނިވެރީންނަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށް ތިމާވުން. އަދި މިގޯއްޗަކީ ރަހުނު ކުރެވިފައިވާ ގޯއްޗަކަށް ނުވުން.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޖުމާދަލްއާޚިރާ 1437

07 އޭޕްރިލް 2016
ހޯދާ