އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ލޯގޯޖެހި 1753 ދަބަސް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ދަބަސް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އަމީނިއްޔާ ސްކޫލުގެ ލޯގޯޖެހި 1753 ދަބަސް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

7 އެޕްރީލް 2016 (ބުރާސްފަތި) ދުވަހުގެ 11:00 އަށް

10 އެޕްރީލް 2016 (އާދީއްތަ) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3325762, 331346 ނަންބަރު ފޯނާއެވެ.

21 ޖުމާދަލްއާޚިރާ 1437

30 މާރިޗު 2016
ހޯދާ