ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީ.އީ.ސީ ކޯޑިނޭޓަރ

އިޢުލާން

ސީ. އީ. ސީ. ކޯޑިނޭޓަރުގެ ވަޒީފާގެ ފުރުޞަތު:

ހއ. ތުރާކުނުގައި ޤާއިމްކޮށްފައިވާ ކޮމިއުނިޓީ އީ- ސެންޓަރ (ސީ. އީ. ސީ) ގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އައި. ސީ. ޓީ. އަށް އަހުލުވެރިކުރުވުމުގެ ތަމްރީން ޕްރޮގްރާމްތަކާއި ޚިދުމަތްތައް ކޯޑިނޭޓްކޮށް ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވަޒީފާގެ މުއްދަތު:

ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން 2016 ޑިސެންބަރުމަހުގެ ނިޔަލަށް.

ސީ. އީ. ސީ. ކޯޑިނޭޓަރަށް އެލަވަންސް ދޫކުރާނެ އުޞޫލު:

(ހ) ކޮމިއުނިޓީ އީ-ސެންޓަރުގެ ކޯޑިނޭޓަރަށް ދިނުމަށް ކަނޑައަޅާ މުސާރައަކީ، މަހަކު -/5500 (ފަސްހާސް ފަސް ސަތޭކަ ރުފިޔާ)

(ށ) -/5500 ރުފިޔާ (ފަސްހާސް ފަސް ސަތޭކަ ރުފިޔާ) ދިނުމަށް ހަމަޖެހިފައިވަނީ އަންނަނިވި ގޮތުގެ މަތިންނެވެ.

  • މަހަކު 2 ތަމްރީން ޕްރޮގްރާމް ހިންގާފައިވާނަމަ: -/2000 ރުފިޔާ (ދެހާސް ރުފިޔާ) (ކޮންމެ ތަމްރީން ޕްރޮގްރާމަކަށް -/1000 ރުފިޔާ (އެއްހާސް ރުފިޔާ)
  • މަހަކު  20  ދުވަހު  އީ-  ސެންޓަރ  ހުޅުވައިގެން  ޚިދުމަތް ދީފައިވާނަމަ، -/3500 ރުފިޔާ (ތިންހާސް ފަސްސަތޭކަ ރުފިޔާ) (މަދުވާ ކޮންމެ ދުވަހަކަށް -/175 ރުފިޔާ އުނިކުރެވޭނެއެވެ.)

ސީ. އީ. ސީ. ކޯޑިނޭޓަރުގެ ކިބައިގައި ހުންނަންވާ ޝަރުޠު:

 (ހ) އައި.ސީ.ޓީ އާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

(ށ) ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  "ޑީ"  ގްރޭޑް  ލިބިފައިވުމާއެކު،  އައި.ސީ.ޓީ  ނުވަތަ  އައި.ސީ.ޓީ އާ  ގުޅުންހުރި  ދާއިރާއެއްގައި  2  އަހަރުދުވަހުގެ  މަސައްކަތު  ތަޖުރިބާ  ލިބިފައިވުން.

(ނ) ކޮމްޕިއުޓަރާއި އިންޓަރނެޓް މުޅިން އަލަށް ބޭނުންކުރަން ފަށައިގަންނަ މީހުންނަށާއި ކޮމްޕިއުޓަރާއި އިންޓަރނެޓް ބޭނުންކުރުމުގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ފަރާތްތަކަށް ކިޔަވައިދިނުމުގެ ހުނަރު ލިބިފައިވުން.

1. ކޮމިއުނިޓީ އީ-ސެންޓަރު މެދުވެރިކޮށް ސަރުކާރުގެ މުއައްސަސާތަކުން ދެއްވާ އޮންލައިން ޚިދުމަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުން. މިގޮތުން، އިޖުތިމާޢީ، އިޤްތިސާދީ އަދި ތަރައްޤީގެ އެކިއެކި މަޢުލޫމާތު ފޯރުކޮށްދިނުން.

2. ކޮންމެ މަހަކު މަދުވެގެން އީ-ސެންޓިޒަންގެ 2 ތަމްރީން ޕްރޮގްރާމް ހިންގުން.

3. ކޮމިއުނިޓީ އީ-ސެންޓަރ ހުޅުވައިފައި ހުންނަ ކޮންމެ ރަސްމީ ދުވަހެއްގެ 1 ގަޑިއިރު އިންޓަރނެޓް ޚިދުމަތް ހިލޭ ފޯރުކޮށްދިނުން.

4. ކޮމިއުނިޓީ އީ-ސެންޓަރު ކޮންމެ މަހަކު މަދުވެގެން 20 ދުވަހު ހުޅުވައިގެން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުން.

5. ކޮމިއުނިޓީ އީ-ސެންޓަރުގެ ޚިދުމަތް ރަސްމީ ބައްދުނޫން ކޮންމެ ދުވަހަކު 5 ގަޑިއިރު ފޯރުކޮށްދިނުން.

6. ކައުންސިލުން ކަނޑައަޅާ ގަޑިތަކެއްގައި ކޮމިއުނިޓީ އީ-ސެންޓަރ ހުޅުވައިގެން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުން.

7. ކޮމިއުނިޓީ އީ-ސެންޓަރުގައި ހިންގާ ތަމްރީން ޕްރޮގްރާމްތަކުގެ ހާޒިރީ ބެލެހެއްޓުން.

8. ކޮންމެ މަހެއް ނިމުމުން ކޮމިއުނިޓީ އީ-ސެންޓަރުގެ މަސައްކަތްތައް ހިނގައިދިޔަގޮތުގެ ރިޕޯޓް ތައްޔާރުކޮށް ކައުންސިލްގެ އިދާރާއަށް ހުށަހެޅުން.

9. ކޮމިއުނިޓީ އީ-ސެންޓަރުގައި ހުރި އެންމެހައި މެޝިނަރީތަކާއި ފަރުނީޗަރތަކާއި އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

10. މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ ރަސްމީ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު %30

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ %25

3. މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް %45

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، ޕްރެސެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން އޮންނާނެ  ތަނާއި  ތާރީޚާއި  ގަޑި،  މި  އިޢުލާނުގެ  މުއްދަތު  ހަމަވާތާ 15 ދުވަހުގެ ތެރޭގައި، އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

2016 އެޕްރީލް 4 ވާ ހޯމަދުވަހުގެ ހެނދުނު 10:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާއަށެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (ސިޓީއުރައިގެ ބޭރުގައި، "ސީ.އީ.ސީ ކޯޑިނޭޓަރުގެ މަޤާމަށް އެދި" މިގޮތަށް ލިޔުން)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ހުށަހަޅަންޖެހޭ ލިޔުންތައް:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6500035  ނަންބަރު  ފޯނާއެވެ.  ފެކްސް ނަންބަރަކީ، 6500035 އެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

11 ޖުމާދަލްއާޚިރާ 1437

20 މާރިޗު 2016
ހޯދާ