ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

މަސައްކަތުމީހެއްގެ މަޤާމަށް މީހަކު ހޯދުން:

މަޤާމް:

މަސައްކަތު

މަޤާމުގެ ރޭންކް:

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ކައުންސިލްގެ އިދާރާ ގޯއްޗާ އިންވެގެންވާ މަގުތަކުގެ އިދާރާއަށްވާ ފަޅި (މަގުގެ %50) ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

2- ކައުންސިލްގެ އިދާރާގެ ޕާކް ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

3- ކައުންސިލްގެ އިދާރާ ގޯތިތެރޭގައި ގަސްއިންދައި ބެލެހެއްޓުން.

4- ކައުންސިލްގެ އިދާރާ އެތެރެއާއި ބޭރު، ކަނޑައަޅާ އުޞޫލެއްގެމަތިން ފޮޅައި ސާފުކޮށް ބެލެހެއްޓުން.

5- ރަސްމީ ދުވަސްދުވަހާއި، ނުރަސްމީ ދުވަސްދުވަހު ބާއްވާ އެކިއެކި ޖަލްސާތަކާއި ބައްދަލުވުންތަކަށް ގޮނޑިޖަހައި، ތަން ތައްޔާރުކޮށް، ޒީނަތްތެރިކުރުން.

6- އެކިފަރާތްތަކާ ހަވާލުކުރަންޖެހޭ ސިޓީ، މެސެޖު ފަދަ ތަކެތި ހަވާލުކުރުމާއި، އިދާރާއިން އެކިފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުން.  

7- ކައުންސިލްގެ އިދާރާ ބޮޑުދޮރާއި ކުޑަދޮރުތަކާއި ބިއްލޫރިތައް ސާފުކޮށް ބެލެހެއްޓުން.

8- ކައުންސިލްގެ އިދާރާ އެންމެހައި ފަރުނީޗަރ ފޮޅައި ސާފުކޮށް ބެލެހެއްޓުން.

9- ކައުންސިލްގެ އިދާރާގެ ސްޓޮކް ގުދަން ސާފުކޮށް ބެލެހެއްޓުން.

10- ކައުންސިލްގެ އިދާރާއިން އެކިއެކި ފަރާތްތަކަށް ފޫޓުއަޅައިދޭއިރު އެކަމުގައި ޢަމަލީގޮތުން ބައިވެރިވުން.

11- ކައުންސިލްގެ އިދާރާގެ ފާޚާނާ ރަސްމީ ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުން.

12- މަދުވެގެން މަހަކު އެއްފަހަރު ކައުންސިލްގެ އިދާރާގެ ވަޅުދިޔަ ހިއްކައި ސާފުކޮށް ބެލެހެއްޓުން.  

13- ކައުންސިލްގެ އިދާރާގެ ދިޔަދޮވި ސާފުކުރުމާއި، ވިއްސާރަމޫސުމުގައި ފުރާޅުސާފުކޮށް، ތާނގީއަށް ފެންނަގައި ބެލެހެއްޓުން.

14- ނޯޓިސް ބޯޑުގައި އިޢުލާންތައް ހަރުކުރުމާއި މުއްދަތުހަމަވާ އިޢުލާންތައް ނެގުން.

15- ކައުންސިލްގެ އިދާރާގެ ސައިކޮޓަރީގެ އިންތިޒާމްތައް ބެލެހެއްޓުން.

16- ކައުންސިލް އިދާރާގެ އައިސްއަލަމާރިޔަށް ފެންލައި ބެލެހެއްޓުން.  

17- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން.   

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަވިއު ބާއްވާނެ ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން ރަސްމީ 5 ދުވަހުގެ ކުރިން މި މަޤާމަށް އެދުނު ފަރާތްތަކަށް ލިއުމަކުން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އެޕްލިކޭޝަން ފޯމު ހުށަހަޅާނީ، 2016 އެޕްރީލް 4 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، އިސްދޫ ކައުންސިލްގެ އިދާރާއަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް، www.csc.gov.mv  އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ ލިޔުމުގެ ފޮޓޯކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.)

4- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު، ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.) 

5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް (އިންޓަވިއުއަށް ހާޒިރުވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.)

6- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)

މަޤާމަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ބެލޭނެ މިންގަނޑުތައް:

ސިވިލް ސަރވިސް ކޮމިޝަނުން 1 މޭ 2015 ގައި ޢަމަލުކުރައްވަން ފަށްޓަވާފައިވާ "ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ ކްރައިޓީރިއާގައިވާގޮތުގެ މަތިން.

އިތުރު މަޢުލޫމާތު:

- މަޤާމަށް  އެދި  އެޕްލިކޭޝަން  ފޯމާއެކު  ހުށަހެޅި  ލިޔުންތަކުގެ  އަސްލު،  އިންޓަވިއުއަށް  ހާޒިރުވާއިރު ގެންނަންވާނެއެވެ. މި ލިޔުންތައް، އެޕްލިކޭޝަނާއެކު ހުށަހެޅި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު، އަނބުރާ ހަވާލުކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6800709 ނަންބަރު ފޯނާއެވެ. ގުޅާނީ، ރަސްމީ ގަޑީގައެވެ.

13 ޖުމާދަލްއާޚިރާ 1437

22 މާރިޗު 2016
ހޯދާ