ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު: TES/2016/C-003
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކުޅުދުއްފުށީ ހާބަރ އެކްސްޓެންޝަން ޕްރޮޖެކްޓަށް މެނޭޖްމަންޓް ކޮންސަލްޓަންޓެއް ހޯދުމާބެހޭ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭ.ޑީ.ބީ)ގެ ހިލޭ އެހީއާއެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުޅުދުއްފުށީ ހާބަރ އެކްސްޓެންޝަން ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓިންގ ފާމެއް ހޯދުމަށް ބޭނުންވެއެވެ. އަދި މިމަޝްރޫޢުގެ ތެރޭގައި މިޕްރޮޖެކްޓްގެ މަސައްކަތް މެނޭޖްކުރުމާއި، ޑީޓެއިލް ޑިޒައިން ހެދުމާއި، ޕްރޮކިޔުމަންޓް މަސައްކަތާއި ކޮންސްޓްރަކްޝަން މަސައްކަތް ބަލަހައްޓާ މޮނީޓަރ ކުރުން ހިމެނެއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގެ އުތުރުގެ ސަރަޙައްދުތަކަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ކަންކަމަށް ފަސޭހަކަމާއެކު މަގުފަހިކޮށްދިނުމެވެ. މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީގައި ހިއްކާފައިވާ 667 މީޓަރު ދިގުމިނުގެ ބަނދަރެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ބޭނުމަށް ކުޅުދުއްފުށީ ހާބަރ އެކްސްޓެންޝަން މެނޭޖްމަންޓް ކޮންސަލްޓެންސީގެ މަސައްކަތަށް ޝަރުޠު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
މި މަސައްކަތް ކުރުމަށް ހިނގާނެ ކަމަށް ބެލެވޭ މުއްދަތަކީ 26 މަސްދުވަހެވެ. އަދި މި މަސައްކަތަށް ހިނގާނެކަމަށް ލަފާކުރާ ބަޖެޓަކީ ޓެކުހާއެކު 880,000.00 އެމެރިކާ ޑޮލަރެވެ.
މި މަސައްކަތަށް ކުރިމަތި ލެވޭނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ މެމްބަރު ޤައުމުތަކުގެ ކުންފުނިތަކަށެވެ. މި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު، މިޕްރޮޖެކްޓުގެ ޓާރމްސް އޮފް ރިފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިޢުލާނު އޭ.ޑީ.ބީ ވެބްސައިޓް www.adb.org ގެ ބިޒްނަސް އޮޕޮޗުނިޓީސް ސެކްޝަންގައި ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓެންޓުން ހޯދުމަށް އެފަރާތުން ކަނޑައަޅާފައިވާ އޭ.ޑީ.ބީ ގައިޑްލައިނާ އެއްގޮތަށް ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް އުސޫލުންނެވެ. މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ޕްރޮޕޯޒަލް ސަބްމިޓް ކުރާ ފަރާތްތަކުގެ ތެރެއިން 6 ފަރާތެއް ޝޯޓްލިސްޓްކޮށް ޕްރޮޕޯޒަލް ހުށަހެޅުމަށް ފުރުޞަތު ދެވޭނެއެވެ. ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓެންޓުން ހޯދުމަށް އެފަރާތުން ހަމަޖައްސާފައިވާ އޭ.ޑީ.ބީ ގައިޑްލައިނާ އެއްގޮތަށް ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް އުސޫލުންނެވެ. ކުއަލިޓީ ޓު ކޮސްޓް ރޭޝިއޯއަކީ 90 : 10
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އެޕްރީލް 17 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން: 3349104 ، 3349266
ފެކްސް: 3320706 ، 3324432
އީމެއިލް އެޑްރެސް: [email protected]